Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕް ފަށައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއި އޭއީއެޗްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަދި އެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިން ވަނީ ބައްދަލުކޮށް މަރުހަބާ ކިޔައިފަ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން މެޑިކަލް ދާއިރާއިން ކުރިއަށްދާން ފަށާއިރު، މި ޕްރޮގްރާމްގެ ދަށުން އެ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް އޭއީއެޗުން ބުނެ އެވެ.

މިއީ އޭއީއެޗްގައި މިފަދަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.