Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މި ސަރުކާރު އައި ފަހުން ވީ މަންފާއެއް ނެތް

މި ސަރުކާރު އައި ފަހުން ރައްޔިތުންނަށް ވީ އެެއްވެސް މަންފާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުހެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބުގެ ވެސް މަގާމުގައި ވެސް ހުންނެވި މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ބަހުން ނަމަ ޤައުމަށް އަންނަ ޓޫރިސްޓުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، ހުރިހާ ކުންފުނިތަކެއްވެސް ހިނގަމުން އަންނަނީ ވަރަށް ބޮޑުތަނުން ސާފު ފައިދާއާ އެކީގަ އެވެ.

"އެއާޕޯޓު ޓެކުސްތަކާއެކު ސަރުކާރުން ބޭނުންވި ހުރިހާ ޓެކްސްތަކެއް ވަނީ ބޮޑުކުރެވިފައި .ސަރުކާރުގެ ބަހުން ނަމަ އެތަކެއް މިލިއަން ރުފިޔާއިން ދައުލަތުގެ އާމްދަނީ ވަނީ އިތުރު.،" އައްބާސް ވިދާޅުވި އެވެ.

ނަމަވެސް މިހުރިހާ ކަމެއް މިހެން ހުރި ކަމަށް ބުނާ އިރު ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.