Last Updated: July 19, 11:46
Saturday, July 19, 2025
ޚަބަރު

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް 17 އެޕްލިކޭޝަން

ހައި ކޯޓްގެ ބެންޗުން ދެ ފަނޑިޔާރަކު މަދުވުމ ގުޅިގެމް ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި ކުރީގެ ބައެއް ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިހާރު މެމްބަރު އަލީ އަބްދުއްލަތީފާއި ބައެއް ވަކީލުންވެސް ހިމެނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 45،700ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓްގެ ބެންޗްގައި ތިއްބަވަނީ 11 ފަނޑިޔާރުނެވެ.