ބައެއް އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ދ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. އެހެންވެ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފައިވެ އެވެ. އެއީ މެންދުރު ފަހު 1:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 25-30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރަން ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފަ އެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.