Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޝަމީމް ސްޕްރީމް ކޯޓަށް ހާޒިރު ކުރަނީ

ހުސައިން ޝަމީމް --

ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ޝަމީމްއަށް ސްޕްރީމް ކޯޓުން ފޮނުވި ޗިޓްގައި ވަނީ މިއަދު މެންދުރު ފަހު 3:00 ގައި ސުޕްރީމް ކޯޓަށް ހާޒިރުވުމަށެވެ.

ޝަމީމް ސްޕްރީމް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުއްވި އިރު އެމަނިކުފާން ދަނީ ނައިބް ރައީސްގެ ޝަރީއަތް ކުރިއަށްގެންދާ ގޮތަށް ފާޑު ވިދާޅުވަމުންނެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި މީހަކަށް ބިރުދެއްކުމުގެ މައްސަލައިގެ ތުހުމަތު ގައި ހައްޔަރުކޮށްފައިވާ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް)ގެ ގާނޫނީ ވަކީލަކީވެސް ޝަމީމްއެވެ.