Last Updated: July 19, 11:20
Saturday, July 19, 2025
ޚަބަރު

ގެއްލުނު ޔާމީން އަދިވެސް ނުފެނޭ

މާލެ އިން ގެއްލިގެން ހޯދާ ހަސަން ޔާމީން އަދިވެސް ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ގ.ގާނެޓް، ޔާމީން، 30، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 14 ގަ އެވެ. އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެންނެވެ.

ފުލުހުން މިއަދު ބުނީ ޔާމީން ގެއްލިގެން ރިޕޯޓްކުރި ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އާއިލާގެ އެއްބާރުލުމާ އެކު ޔާމީން ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެެއްވެސް ނިޝާނެއް ފެނިފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަަމަށެވެ. އެހެން އޭނަ ހޯދުމަށް ފުލުހަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުން އަންނަ ކަމަށްބުންޏެވެ.

ޔާމީނާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ 3322111 ނުވަތަ 9400053 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް ފުލުހުން އެދިފައިވެ އެވެ