Last Updated: July 20, 10:59
Sunday, July 20, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުފައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 1،202،262 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. އަދި މި މަހުގެ 1-16 ހަމައަށް އަށް 94،132 ޓޫރިސްޓުން އައި އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 15.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 81،631 ޓޫރިސްޓުނެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 165،134 އަށް އަރަ އެވެ. ދެވަނައިގައ އޮތް ރަޝިޔާ އިން 140،298 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 115،133 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.