Last Updated: July 20, 09:57
Sunday, July 20, 2025
ޚަބަރު

ފޭކް ސްލިޕް ފޮނުވި އައްޑޫ އަންހެނަކު ހައްޔަރުކޮށްފި

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ އައްޑޫ ހިތަދޫ، ލޫޒަން، އާލާ އިބްރާހީމް ރަޝީދު، 33، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އާލާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ އިތުރު ގިނަ މައްސަލަތަކެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާކަން ކްރިމިނަލް ކޯޓުގެ އަމުރުން ފާހަގަވެފައިވެ އެވެ.

ކޯޓުން އޭނަގެ ބަންދަށް މުއްދަތު ޖެހީ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނާތީ އާއި ބަންދުން ދޫކޮށްލައި ފިނަ މަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ބުނެ އެވެ.