Last Updated: July 20, 10:51
Sunday, July 20, 2025
ޚަބަރު

ޔޫކޭ ދަތުރުފުޅަށް ފަހު ރައިސް މާލެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ގައުމަށް ފުރާވަޑައިގެންނެވީ މި މަހުގެ 15 ގަ އެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިނގިރޭސިވިލާތުގެ ދަތުރުގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރަސްގެފާނު ޗާލްސްގެ އިތުރުން އެ ގައުމުގެ މަޖިލީހުގެ ތިރިގޭގެ ރައީސް އާއި އޯލް ޕާޓީ ގްރޫޕުގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި ތައާރަފު ވެސް ކުރައްވާފައިވެ އެވެ.

މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ވެސް ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.