މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ސޯޝަލް މީޑިއާގައި ނަސޭހަތެއް ދެއްވައިފި އެވެ.
ޖަމީލުގެ ޕޯސްޓްގައޮ ވިދާޅުވީ ކަމަނާއަކީ ދުސްތޫރީ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް ބޭކަނބަލެއް ކަމަށާއި ޑިމޮކްރަސީތަކުގައި އިޖުތިމާޢީ ކޮންމެވެސް ކަމެއްގައި ވަކާލާތުކުރާ ފަރާތެއް ކަމަށެވެ.
ޖަމީލު ވިދާޅުވީ އެމެރިކާގައި މިޝެލް އޮބާމާ "Lets Move" ކެމްޕެއިނުން އޮބީސިޓީ ހުއްޓުވަން، ނެންސީ ރޭގަން "‘Just Say No’" ޑްރަގާ ދެކޮޅު ކެމްޕެއިން ހިންގެވި ކަމަށާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަކީ ވިކްޓޯރިއާ ލޭޑީ ސްޓާމާ ކަމަށާއި އެ ކަމަނާގެ ރަސްމީ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ.
ރައްޔިތުންގެ ޓެކްސް ފައިސާގައި ރަސްމީ ދަތުރުފަތުރުކޮށް ހޭދަ ކުރުމުގެ ބާރެއް އަދި އާދަކާދައެއް ވެސް ނޯންނަ ކަމަށާއި ތިޔައީ ގައުމުގެ އެމްބެސެޑަރެއް ފަދަ ބޭކަނބަލެެއް ކަމަށެވެ. އަދި އަބަދުވެސް ގައުމު ރީތި ގޮތުގައި ތަމްސީލު ކުރައްވާ ތަން ފެންނަން ވާނެ ކަމަށާއި ވާހަކަ ދެއްކެވުމާއި، ޙަރަކާތްތަކއި އާދަކާދަތައް ވެސް ހުންނަން ވާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
ހިލޭ ފިރިހެނުންނާ ސަލާމް ކުރައްވާ ނަމަ ނުވަތަ ނުކުރެއްވި ނަމަވެސް ކޮންމެވެސް އެއް ވެލިއުއެއް ފަސްޓްލޭޑީގެ ފަރާތުން ފެންނަން ވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ޙާލު ވަރަށް ނިކަމެތި ވަގުތެއް ކަމާއި، ޚަރަދު ކުރުމުގައި ބައްލަވަންވާނެކަން. އެކަމަކު ވެސް ކަމަނާ އާރަށަށް ދުވާލަކު އަށް ފަހަރުވެސް ލޯންޗުތައް ދެކޮޅަށް ފޮނުވުން އަޅާނުލަމަމެވެ." ޖަމީލު ވިދާޅުވި އެވެ.
ނަމަވެސް އިޖުތިމާޢީ ކޮންމެވެސް ކަމެއް ނަންގަވައި ޚާއްސަކޮށް ޒުވާން ކަނބަލުންގެ ޙައްގުތަކަށް ވަކާލާތު ކުރެވިއް ޖެނަމަ އެއީ ހެޔޮ މަސައްކަތަކަށްވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ތިޔައުޅުއްވަނީ މުޅިއޮޑީގައި ހަސަނުގެ ދެފައޭ ބުނާ އުސޫލުންނެވެ." ޖަމީލު ވިދާޅުވި އެވެ.