އައްޑޫ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑުގެ ކަރަންޓް ކޭބަލްތައް ވަގަށް ނަގައިފި އެވެ.
ފޭދޫ އަވަށު އޮފީހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި ދަނޑުގެ ކަރަންޓް ކޭބަލްތަކާއި ކަރަންޓު ފޮށި ހަލާކުކޮށް ވަގަށް ނަގާފައިވާ ކަމަށެވެ.
އެހެންވެ މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަ، ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށް އަވަށު އޮފީހުން ބުންޏެވެ. އަދި ވަގަށް ނެގި ތަކެތި ކަމަށް ޝައްކު ކުރެވޭ ސާމާނު ބަޔަކު ވިއްކާ ނަމަ، އެ ތަކެތި ނުގަތުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ.