ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓް 'ލަބެރާ ބޮޑީބޯޑިން ޗެލެންޖް' އަންނަ ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މިއަހަރު ބޮޑީބޯޑިން ކަލަންޑަރު ފުރަތަމަ އިއުލާނުކުރި އިރު، ފުރަތަމަ އިވެންޓް ބުރުނު ޝިކާރަ އަޑް ފަހު ބާއްވަން އޮތީ ފުވައްމުލަކުގައޮ ބާއްވަން ތާވަލުކުރި ފުމުވައްމުލަކި މުބާރާތެވެ. ނަމަވެސް މިހާރު ތާވަލަށް ބަދަލު ގެނެސް، ފުވައްމުލަކު އިވެންޓްގެ ބަދަލުގައި މިހާރު ވަނީ އަންނަ މަހު 'ލަބެރާ ބޮޑީބޯޑިން ޗެލެންޖް' ބާއްވަން ނިންމައިފަ އެވެ.
އެއީ އަންނަ މަހުގެ 5-8 އަށް އަށެވެ. މި އިވެންޓް ބާއްވާނީ މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ބާއްވާ އިރި، ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 26 ގެ މެންދުރު 12:00 އަށެވެ.
މިއީ 'ލަބެރާ ބޮޑީބޯޑިން ޗެލެންޖް' ގެ ހަތަރު ވަނަ އެޑިޝަނެވެ.
މިދިޔަ އަހަރު އެ މުބާރާތް ބޭއްބީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރާގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ބޭއްވީ 2014 ގަ އެވެ.
މިދިޔަ އަހަރު ބޭއްވި ލަބެރާ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަނަކީ ވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އެއީ އޭނަ ލަބެރާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރު ވެސް މެ އެވެ.
އެމްބީބީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް ލަބެރާ ޗެލެންޖްގައި އޯޕަން ބައިގެ އިތުރުން ޖޫނިއާ އަދި ޑްރޮޕް ނީ ކެޓަގަރީ ކުރިއަށް ގެންދާނެ އެވެ.