Last Updated: July 21, 10:09
Monday, July 21, 2025
ދުނިޔެ

20 އަހަރަށް ފަހު 'ސްލީޕިން ޕްރިންސް' އަވަހާރަވެއްޖެ

ކޯމާގައި އޮންނަވާތާ 2 އަހަރު ފަހުން ސައުދީ އަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ހާލިދު ބިން ތަލާލު އިއްޔެ އަވަހާރަވެއްޖެ އެވެ.

ދެހާސް ފަހެެއްގައި އިނގިރޭސިވިލާޔުގެ ލަންޑަނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓަކަށް ފަހު، އޭނަ މިހާތަނަށް އޮންނެވީ ކޯމާގަ އެވެ. އެހެންވެ ޕްރިންސް ވަލީދު ސިފަކޮށްފައި ވަނީ 'ސްލީޕިން ޕްރިންސް' ގެ ގޮތުގަ އެވެ.

އޭނަ އަކީ ޕްރިންސް ޚާލިދު ބިން ޠަލާލްގެ ދަރިކަނލެކެވެ. ޝާހީ އާއިލާގެ ފަރާތުން ބުނީ ޕްރިންސް ވަލީދުގެ ޖަނާޒާ އޮންނާނީ މިއަދު ރިޔާދުގެ އިމާމް ތުރުކީ ބިން އަބްދު الله މިސްކިތުގައި، ޢަސުރު ނަމާދަށް ފަހު ކަމަށެވެ.

ޕްރިންސް ވަލީދު އެކްސިޑެންޓުވީ އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރުއެ ވެ. ވިހި އަހަރު ވަންދެން ޞިއްޙީ އެހީތެރިއެއްގެ ބެއްލެވުމުގެ ދަށުގައި ކޯމާއެެއްގައި އޭނަ އޮންނެވި އިރު، ކުދިކުދި ޙަރަކާތްތަކެއް ކުރެއްވެވި ނަމަވެސް އެއްކޮށް ހޭފުޅުލައްވަވާފައި ނުވެ އެވެ. އޭނަ އޮންނެވީ ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް އަބްދުލް އަޒީޒް މެޑިކަލް ސިޓީގަ އެވެ.

ކޯމާއެއްގައި އޮންނަވަން ޖެހިވަޑައިގަތުމުން "ދަ ސްލީޕިން ޕްރިންސް" ގެ ނަމުން މަޝްހޫރުވެ ވަޑައިގެންނެވި ވަލީދަށް 36 އަހަރުފުޅު ފުރުނީ މި އަހަރުގެ އެޕްރީލް މަހު އެވެ.