Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މިނިސްޓަރު ސައީދުގެ ބައްޕަ އަވަހާރަވެއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ ސައީދު އަބްދުﷲ އަވަހާރަވެއްޖެ އެވެ.

ހއ. ތުރާކުނަށް ނިސްބަތްވާ ސައީދު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ސަޢީދުގެ ލޮބުވެތި ބައްޕަ، ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކީގައި ކަމަށެވެ.

ރައީސް ވިދާޅުވީ ސަޢީދު ޢަބްދުﷲ އަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށެވެ. އަދި އެއީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށާއި ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާ އެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.