Last Updated: July 21, 10:09
Monday, July 21, 2025
މުނިފޫހިފިލުވުން

'ކިޔު ކީ ސާސް ބީ 2' ގެ އާ ޕްރޮމޯއެއް

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަން އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މި ޕްރޮމޯ އިން މީގެ މައިގަނޑު ތަރި، އަދި ތުލްސީ ވިރާނީ ކެރެކްޓާ ކުޅޭ ސުމިރުތީ އިރާނީ ފެނިގެންދާ އިރު، އެނަގެ އާއިލާގެ ކުރީގެ ހަނދާންތައް އާކޮށް، އަނެއްކާ ވެސް އާއިލާ ގޮވައިގެން އެ މީހުންގެ ވާހަކައިގެ ތެރެއަށް ބެލުންތެރިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ އެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ އާ ސީޒަން ސްޓާ ޕްލަސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެ އެވެ. އެއީ ރާއްޖެ ގަޑިން 10:00 ގަ އެވެ.

އާ ސީޒަނުން ސުމިރްތީއާ އެކު ކުރީގެ ސީޒަންގެ ބައެއް ކާސްޓުންނާއި އާ ކާސްޓުންތަކެއް ވެސް ފެންނާނެ އެވެ.

މީގެ ފުރަތަމަ ސީޒަނަކީ ސްޓާ ޕްލަސް އިން ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.