ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އައްޑޫ ހިތަދޫ އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައި އެކަން އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހާޒިރި ކުރަން ބޭމުން ވަނީ އެ އަވަށު އުޖާލާ، އައިމިނަތު ޝިފްޒާ، 40، ކަމަށެވެ.
އޭނަ ހާޒިރުވާން އެންގީ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އެވެ.
އެހެންވެ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޝިފްޒާ ހާޒިރުވާން އަންގާފައިވެ އެވެ.