Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ ލޭބާ މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީންނެވެ.

މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ދެ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމެވެ. އެގޮތުން، މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވައިލި އެވެ. އަދި ލޭބަ އިންސްޕެކްޝަންގެ މަސައްކަތްތަށް ހަރުދަނާ އިންތިޒާމަކާ އެކު ކުރިއަށް ގެންދިޔުމަށް ދެ މިނިސްޓްރ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވެސް ވެފައިވެ އެވެ.

ވަޒީފާގެ ރައްކާތެރިކަން އިތުރުކޮށް ދިނުމާއި، ކުރެވޭ މަސައްކަތްތަށް އެކަށީގެންވާ އުޖޫރާ ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.