މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އަންހެން ފުލުސް މީހާ އައިޝަތު ޝިޔާޒާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ހުކުރު ދުވަހު ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގެއްގައި އޭނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާ ގުޅިގެން މަގާމުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަސްތުވާތަކެއްޗާ އެކު އދ. ކުނބުރުދު އަށް ނިސްބަތްވާ ޝިޔާޒާ، 31، ހައްޔަރުކޮށް ބަންދާ މެދު، ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ.
ހުކުރު ދުވަހުގެ އޮޕަރޭޝަނުގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަޙްމަދު، 26، އެވެ. އޭނަގެ ބަންދަށް 1 ދުވަސް ޖަހާފައިވެ އެވެ.