ވިއެޓްނާމުގައި ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުކުރި ބޯޓެއް ބަންޑުން ޖަހާލައި 37 މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 'ވޮންޑަ ސީސް' ކިޔާ އުޅަނދު 53 މީހުންނާ އެކު ވިއެޓްނާމްގެ ހާ ލޯންގް ބޭގައި ދަތުރު ކުރަމުން ދަނިކޮށް، ބަންޑުން ޖަހައިލީ މޫސުން ވަރަށް ބޮޑަށް މޫސުން ގޯސްވެގެން ކަމަށެވެ. ބަންޑުން ޖަހާލި ބޯޓްގައި ތިބީ ހެނޯއީ އިން ހާ ލޯންގް ބޭ އަށް ޗުއްޓީ އަށް ދިޔަ ބަޔެކެވެ.
އެ ހާދިސާގައި 37 މީހަކު މަރުވެފައިވާ އިރު، މަރުވި މީހުންގެ ތެރޭގައި 8 ކުޑަކުދިން ވެސް ހިމެނެ އެވެ. ބަންޑުން ޖަހާލި ބޯޓުން 11 މީހަކު ސަލާމަތްކޮށްފައިވާ އިރު، ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ބޯޓް ބަންޑުް ޖަހާލި ހިތާމަވެރި ހާދިސާއާ ގުޅިހެން ވިއެޓްނާމްހެ ބޮޑުވަޒޯރު ފަމް މިންހް ޗިންހް ވަނ މަރުވި މީހުންގެ އާއިލާތަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ހާ ލޯންގް ބޭ އަކީ ވިއެޓްނާމްގައި ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ވަރަށް މަޝްހޫރު ތަނެކެވެ. އަދި އެތަނަކީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓްގައި ވެސް ހިމަނާފައި އޮންނަ ތަނެކެވެ.