Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސުޕްރީމް ކޯޓް ހިންގުން ފަނޑިޔާރު ހަމީދަށް

އުއްތަމަފަނޑިޔާރު މުހްތަސިން އަދުދާނު މާދަމާ މަގާމުން ރިޓަޔާކުރައްވާތީ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ އުއްތަމަފަނޑިޔާރު މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށް ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

މުޢުތަޞިމް އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވެ އެވެ.