Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފަޤީރުންނާ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރިވާން ޒަކާތު ހައުސް އިން ހުޅުވާލައިފި އެވެ.

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރެޖިސްޓްރީވާން ބޭނުންވާ މީހުން، ފޯމު ހުށައަޅާ ފަރާތުގެ މަޢުލޫމާތާއި، ދަރީންގެ މަޢުލޫމާތާއި އަދި އާމްދަނީ އާއި ޚަރަދުތަކާ ގުޅޭ މަޢުލޫމާތު ފޯމާއެކު ހުށަހަޅަން ޖެހޭނެ އެވެ.

ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބާލާއިރު، ރާއްޖޭގައި ފަޤީރުންނާ މިސްކީނުގެ ގޮތުގައި 2،852 މީހުން ދަފުތަރުކޮށްފައިވެ އެވެ

ރާއްޖޭގައި ޒަކާތު ހައުސިން ގާއިމުކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.