Last Updated: July 23, 13:28
Wednesday, July 23, 2025
ޚަބަރު

އުއްތަމަފަނޑިޔާރު ރިޓަޔަަކުރައްވައިފި

އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު މިއަދު ރިޓަޔަ ކުރައްވައިފި އެވެ.

އެ މަނިކުފާނު ރިޓަޔަ ވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހު އެވެ. މުއުތަސުމަކީ މިއީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔާވެ ވަޑައިގެންނެވި ފުރަތަމަ އުއްތަމަފަނޑިޔާރެވެ.

އެ މަނިކުފާނު ރިޓަޔަރކުރެއްވުމާ ގުޅިގެން ސްޕްރީމް ކޯޓުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އުއްތަމަފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުއުތަސިމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަޤާމަށްއައްޔަން ކުރެއްވީ 2019 ގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން މުއުރަސިމް ވަނީ 2009-2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.

މުއުތަސިމް ރިޓަޔަ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަވާކޮށްފަ އެވެ.