Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ނ. މާފަރުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒި މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށެއްގެ ގޮތުގައި މާފަރަށް ވަޑައިގެންނެވެ.

މާފަރުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް އަލީ އިހުސާންއެވެ. އަދި އަރިހުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ވެސް ބައިވެރިވެވަޑައިގަތެވެ.

މާފަރުގައި ފުލުހުންގެ މަރުކަޒުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.