Last Updated: July 23, 13:21
Wednesday, July 23, 2025
ޚަބަރު

ރޮލެކްސް ގަޑިއެއް ވަގަށް ނެގި އަންހެނަކު ހައްޔަރަށް

ރޮލެކްސް ގަޑިއެއް ވަގަށް ނެގި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ގަޑި އާއި އަގުބޮޑު ކެމެރާ ލެންސެއްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މ. ޕެރީވިންކްލް، މައިޝާ މުހައްމަދު، 26، އެވެ.

މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 1 ދުވަސް ޖަހާފައިވެ އެވެ. ބަންދު އަމުރުން އނެގޭ ގޮތުގައި މައިޝާ އަކީ ކުރިން ވެސް ބަންދުގެ ރެކޯޑްތަކެއް އޮތް މީހެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، ފުލުހުން އޭނަ ހައްޔަރުކުރީ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، މަޖީދީ މަގު ސިޓީ ޝޫޒް ކުރިމަތީ ޕާކްތެރޭގައި ހުރެފައި އޭނަ އަޅުވައިގެން އިން ކަޅުކުލައިގެ ދަބަހާއި ކެމެރޭ ލެންސް ދަބަސް ފޮރުވަން އުޅުމުން ސުވާލުކޮށް ބަލައިފާސް ކުރުމުން ވައްކަންކުރުމުގެ ތުހުމަތުކުރެވިގެންނެވެ.

މައިޝާގެ ދަބަހުން ފެނުނު ތަކެތީގެ ތެރޭގައި ގަޑީގެ އިތުރުން އައިފޯނަކާއި ސޭންޑިސްކް އެކްސްޓާނަލް ދެ ހާޑާއި، އެއް ހީޓު ސިނގިރެޓު ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.