އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެގެން ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓްްތައް ބުނެފި އެވެ.
އަނިޔާވެރި ޔަހޫދީ ދައުލަތުގެ ވެރިޔާގެ އޮފީހުން އިއްޔެ ބުނީ އުމުރުން 75 އަހަރުގެ ނަތަންޔާހޫ ކާނާ ހޮނިހިރު ދުވަހު ވިހަވުމާ ގުޅިގެން ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އޭނަގެ ސިއްހީ ހާލަތު ކުރިއަށް އޮތް ތިން ދުވަހު މޮނިޓަ ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ވެސް އޭނަގެ އޮފީހުން ބުންޏެވެ.
ކާނާ ވިހަވުމާ ގުޅިގެން އޭނަ އަށް ފުރަތަމަ ފަރުވާ ދިނީ ޖެރޫސަލަމްގެ ހަދަސާ-އީން ކެރެމް މެޑިކަލް ސެންޓަރުގަ އެވެ. ނަމަވެސް ފަހުން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ކާނާ ވިހަވުމާ ގުޅިގެ ން ނަތަންޔާހުގެ މައްޗަށް މާދަމާ ފަށަން ފަށަން އޮތް ހިޔާނާތުގެ ދައުވާގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މީޑިއާތަކުން ބުނީ އެ ދައުވާގެ އަޑުއެހުމެއް ދެން ބާއްވާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ފަހުން ކަމަށެވެ.