Last Updated: July 23, 13:21
Wednesday, July 23, 2025
ޚަބަރު

އަންނަ އަހަރު ވެސް ބޯހިޔާވަހި ކަމަށް އެއް ބިލިއަން

އަންނަ އަހަރުގެ ބަޖެޓްގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ހެނދުނު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުހައި ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމަކީ މާފަރަށް ވެސް ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރު މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެހާސް ސައްބީހުގެ ބަޖެޓްގެ ތެރެއިން އަޅުގަނޑުމެން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވަހިކަމަށް މި އަންނަ އަހަރަށްވެސް ކަނޑައަޅާނެ އެއް ބިިލިއަން ރުފިޔާ، ރައީސް ވިދާޅުވި އެވެ. "'އޭގެ ތެރޭގައި ބޯހިޔާވަިކަމުގެ އާ މަޝްރޫއުތައް ފެށިގެންދާ ރަށްތަކުގެ ތެރޭގައި މިރަށް ހިމެނިގެން ދާނެ."'

ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް އިސްކަން ދިނުމުގެ ގޮތުން މި އަހަރަގެ ބަޖެޓް ވެސް ބޯހިޔާވަހި ކަމަށް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް ހިމެނި 1.5 ބިލިއަން ރުފިޔާއާއެކު ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.