ނުބައި ރަޖިސްޓްރޭޝަން ބޯޑެއް ޖަހައިގެން މާލޭ ސަރަހައްދުގައި ސައިކަލް ދުއްވި ފުލުހަކަށް ފިޔަވަޅު އަޅައިފި އެވެެ.
މާލޭ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުން ކުރަނީ "އޭ" ރަޖިސްޓްރޭޝަން ބޯޑެވެ.
ނަމަވެސް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެެއްގައި ފެންނަނީ ފުލަހަކު ދުއްވަން އިން ސައިކަލުގެ ރަޖިސްޓްރޭޝަން ބޯޑުގެ ގޮތުގައި "ސީ" ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. "ސީ" ބޯޑަކީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ދޫކުރާ ރަޖިސްޓްރޭޝަން ބޯޑެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ ފޮޓޯއިން ފެންނަ ފުލުސް އޮފިސަރަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެފަދަ އަމަލުތައް އިސްލާހު ކުރުމަށް ވެސް އެ ފުލުހަށް ނަސޭހަތް ވެސް ދީފައި ކަމަށެވެ.