އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.
އޭނަގެ މަރާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، ހަށިގަނޑި މާލެ ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހުގެ ރެ އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކާ އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވާފައިވާ ކަމަށެވެ.
އަބްދުއްރަހުމާން، 65، މަރާލާފައި ވަނީ ގޭގައި ނިދާފައި އޮއްވައި އަނިޔާވެރިކޮށް ދިން ހަމަލާއެއްގަ އެވެ. އެގޮތުން އޭނަގެ ބޮލުގައި އެއްޗަކުން ޖަހައި، ބޯ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެވެ. އަދި އެ ދުވަހު ހެނދުނު ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރަށަށް އަރައި ފައިބާ މީހުން އަންނަނީ މޮނިޓަކުރަމުންނެވެ.
ނަމަވެސް އަބްދުއްރަހުމާންގެ މަރާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.