Last Updated: July 14, 10:52
Tuesday, July 14, 2026
ޚަބަރު

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ނ. ކެނދިކުޅުދޫގައި އެމްޓީސީސީ އާރުޓީއެލް ބަހުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ހިދުމަތާއެކު އާރުޓީއެލްގެ ދެ ބަސް އެރަށުގައި ދަތުރުކުރާނެ އެވެ. އެއީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ.

އާރްޓީއެލްގެ ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް އެމްޓީސީސީން އަންނަނީ ފޯރުކޮށްދެމުންނެވެ.