Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުޖިއާން ޕްރޮވިންސުން ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނށގެ ފުޖިއާން ޕްރޮވިންސުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އަދި ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށް ދެއްވީ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވެއި ޝިއައޮކުއި އެވެ.

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅީވަރު ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ޖާޒީތަކާއި، ފުޓްބޯޅަ ފަދަ ސާމާނު ހިމެނެ އެވެ.

ރާއްޖެ އަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ވޮލީބޯޅަ ކޯޗުން ޗައިނާ އިން ތަމްރީނުކޮށްދެއްވާފައިވާކަން ފާހަގަކޮށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދީފައިވާ ފުރުސަތަތުތައް ފާހަގަކޮށްފައިވެ އެވެ.

ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އެހީތަކެއް ދެމުން އަންނަ އަންނަ ގައުމެކެވެ.