Last Updated: June 6, 11:50
Saturday, June 6, 2026
ރިޕޯޓް

ހިތްހަރު ވަނީ ﷲ ތަޢާލާއާ ދުރުވުމުން!

މި ދުނިޔަވީ ޙަޔާތުގައި، ހަރުކަމާއި މަޑުމޮޅިކަމާ ދެމެދު، ހިތަކީ ބަދަލުވަމުންދާ އެއްޗެކެވެ. ފާފަކުރުން އޭގެ މައްޗަށް ވެރިވެގެންފިނަމަ އެ ހަރުވެއެވެ. އަދި ކިޔަމަން ގަތުން އިތުރުވެއްޖެނަމަ އެ މަޑުމޮޅިވެއެވެ.

ހިތްހަރުވުމުގެ ސަބަބަކީ ﷲ ތަޢާލާއާ ދުރުވުމެވެ. ފާފައިގެ ކިލަނބުކަމުގެ ތެރެއަށް އަޅާއަށް ވަދެވިއްޖެނަމަ ދަންނައެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެނުބައިކަމަށް ބޯ ނުލެނބުމެވެ. އަދި ކިއެއް ހެއްޔެވެ. އޭނާއަށް އޮތީ އެހަޑިތައް ދޮވެލުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އަވަހަށް ތައުބާވުމެވެ.

ﷲ ތަޢާލާ ވަނީ އެއިލާހުގެ ޚަލީލު(އިބްރާހީމް عليه السلام)އާ ބެހޭގޮތުން ޘަނާގެ ބަސް ވަޙީކުރައްވާފައެވެ. އެއީ އެކަލޭގެފާނު ކޮންމެ ޙާލެއްގައިމެ، ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގަންނަވާތީއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ﴾ [سورة هود ٧٥]

މާނައީ: “ހަމަކަށަވަރުން، އިބްރާހީމުގެފާނީ ކޯފާ މަޑު، ދުޢާކުރެއްވުން ގިނަ، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.”

މަސްދަރު: ދިސަލަފިއްޔާ