ނ. މަނަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މި ހިދުމަތް ފެށުމާއެކު، ނ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެ އެވެ.
އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން، އައިޑީކާޑުގެ ޚިދުމަތްތަކަށް ޚާއްސަކޮށް މިދިޔަ އަހަރުގެ ޖުލައި 19ގައި ވަނީ ނާރެސް ޕޯޓަލް އިފުތިތާހުކޮށްފަ އެވެ.