ސްޕޯޓްފިޝިން ގައިޑިން ކޯހަކަށް ގައުމީ ޔުނިވަސިޓީން ހުޅުވާލައިފި އެވެ.
ސެޓްފިކެޓް ލެވެލް 3 ގެ މި ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލައިފަ އެވެ.
އެމްއެންޔޫ އިން ބުނީ 18 އަހަރުން މައްޗަށް ހާއްސަކޮށްފައިވާ ސްޕޯޓްސް ފިޝިން ގައިޑިން ކޯހަށް އެޕްލައި ކުރުމުގެ މައިގަނޑު ޝަރުތަކަކީ މީގެ ލެވެލް 2ގެ ސެޓްފިކެޓެއް ނޫނީ ބޭސިކް އެޑިޔުކޭޝަން ފުރިހަމަކޮށްފައިވުނ ޖަމަށެވެ.
މި ކޯހުގެ ކިޔެވުން އޮންލައިންކޮށާއި ކުލާސްތަކަށް ހާޒިރުވާ ގޮތަށް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްއެންޔޫގެ ތިނަދު އާއި ކުޅުދުއްފުށީ ކޭމްޕަހުގަ އެވެ.
ރާއްޖޭގައި ސްޕޯޓްފިޝިން ކުރިއަރުވަން ސަރުކާރުން ނިންމާފައިވާ އިރު، ދާދި ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީން އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް ބާއްވައިފަ އެވެ.
ރާއްޖޭގައި ސްޕޯޓް ފިޝިން އަށް ހާއްސަކޮށްގެން 5 ސަރަހައްދެއް ތަރައްގީ ކުރަން ވެސް ނިންމާފައިވެ އެވެ.