ބަނގުރާފުޅުތަކަކާ އެކު އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ ހ. ކަނޑުފިނިގެ، އަބްދުއްސަމަދެވެ.
އޭނަ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭެބަލައި ފާސްކުރުމުން އެ ގޭގެ ކޮޓަރިއަކުން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ބޮނަކުއަ ބްރޭންޑުގެ 33 ފުޅި ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގައި ސަމަދު ހައްޔަރުކޮށް އޭނަގެ ކުޑަކަމުދާތަކެތީ ޓެސްޓްކުރި އިރު އޯޕީއައިބެންޒޯ އާއި ޑީއެކްސްއެމަަަށް ޕޮޒިޓިވް ވެސް ވެފައިވެ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ކްރިމިނަލް ކޯޓުން ވަނީ ސަމަދުފެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.