Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

ހިތަދޫގައި ޑިޖިޓަލް ރައުންޑްއެބައުޓް ބަހައްޓަނީ

ހިތަދޫގެ މަގެއް. ފޮޓޯ/ އިބްރާހީމް ފިރާގު

އައްޑޫ ހިތަދޫގެ މަލަމަތި ޒީނަތްތެރިކުރުމަށް ޑިޖިޓަލް ރައުންޑްއެބައުޓް ޑިޒައިންކޮށް ސަޕްލައިކޮށް، އިންސްޓޯލްކޮށް ދޭނެ ބަޔަކި ހޯދަން ބީލަމަށް ހުޅުވާލައިފ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގެ ބިޑް ސެކިއުރިޓީއެެއްގެ ގޮތުގައި 7،500ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 29 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި މެއިލް tender@adducity.gov.mv މެދުވެރިކޮށެވެ.

މި ބީލަމާ ގުޅޭ މައުލޫމާތި ދިނުމުގެ ސެޝަނެއް މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.