Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ޔޫތު ކޭމްޕްގެ އާ ބުރު ވިލިގިނލީގައި

މިދިޔަ މަހު ބޭއްވި ޔޫތު ކޭމްޕްގެ ތެރެއިން.

ޔޫތު މިނިސްޓްރީން ސިލްސިލާކޮށް ބާއްވަމުން އަންނަ ޔޫތު ކޭމްޕްގެ އާ ބުރ މި ފަހަރު ހުވަދު އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

ކޭމްޕު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 16-19 އަށް ގއ. ވިލިނގިލީގަ އެވެ.

މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިިސްޓްރީން މިހާރު ވަނީ އަންނަ މަހުގެ 1 އާ ހަމައަށް ހުޅުވާލައިފަ އެވެ. ޔޫތު ކޭންލް ހާއްސަކޮށްފައި ވަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށެވެ.

މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ޔޫތު ކޭމްޕެއް ބާއްވާފަ އެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ އެ ކޭމްޕު ބޭއްވީ ކުޑަގިރީގަ އެވެ. އެ ކޭމްޕުގައި 65 ޒުވާނުން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.

ޔޫތު ކޭމްޕުގައި ބައިވެރިންނަށް ޓީމް ބިލްޑިން އާއި، ސެލްފް ޑިފެންސާއި އަދި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ދަސްކޮށް ދެ އެވެ.