Last Updated: July 25, 05:49
Friday, July 25, 2025
މުނިފޫހިފިލުވުން

ކާޖޮލް އާއި ޓްވިންކަލްގެ ޓޯކް ޝޯ އިއުލާންކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓްވިންކަލް ކަންނާ ގުޅިގެން ހޯސްޓް ކުރަން ނިންމާފައިވާ ޓޯކް ޝޯ ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެ ޝޯ ގެނެސްދޭން ހަމަޖެހިފައިވާ އެމެޒޯން ޕްރައިމް ވީޑިއޯ އިން މިއަދު ޝޯގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އޭގެ ނަމަކީ "ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓްވިންކަލް" އެވެ. އެ ޕޯސްޓްގައި ބުނީ ވަރަށް އަވަހަށް ޝޯ ގެނެސްދޭން ފަށާނެ ކަމަށެވެ.

ކާޖޮލް އާއި ޓްވިންކަލް އެކީގައި އަލަށް ޓޯކް ޝޯއެއް ހޯސްޓްކުރަން ތައްޔާރުވަމުން އަންނަ އިރު، ކާޖޮލް އަކީ އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންނެވެ. އަދި މިހާރު ފިލްމު ކުޅުން ހުއްޓާލައި، ލިޔުންތެރިއެެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޓްވިންކަލް އަކީ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.

ޓްވިންކަލް މިހާތަނަށް ހަތަރު ފޮތެއް ނެރެފައިވާ އިރު، އެ ދާއިރާ އިން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން 2023 ގައި މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވެ އެވެ. މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ އާއި ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާގެ ދަރިފުޅު، ޓްވިންކަލް ފިލްމު ކުޅުން ހުއްޓައިލީ އަކްޝޭއާ 2001 ގައި ކައިވެނި ކުރުމަށް ފަހު އެވެ.