Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ހުޅުމީދޫ ބޫޓް ކޭމްޕަށް ބައިވެރިން ހޯދަނީ

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ހުޅުމީދޫ މީހުންނަށް ހާއްސަކޮށްގެން އަންނަ މަހު ހިންގަން ހަމަޖެހިފައިވާ 'ފަހެލި ބޫޓް ކޭމްޕް' ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ. ނަން ނޯޓް ކުރުމަށާއި ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ގުޅާނީ 9336787 އަށެވެ.

'ފަހެލި ބޫޓް ކޭމްޕް' ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ. އަދި މި ކޭމްޕް މަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ. އަންހެނުންގެ ކޮމިޓީން ބުނީ ކޭމްޕަށް ބައިވެރިން ހޮވުމުގައި ކުރިން މިފަދަ ކޭމްޕެއްގައި ބައިވެރި ނުވާ މީހުންނަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

މިއީ އަންހެނުންގެ ކޮމިޓީން 'ފަހެލި ބޫޓް ކޭމްޕް' ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ދެވަނަ ބުރު ހިތަދޫ މީހުންނަށް ހާއްސަކޮށްގެން ހިންގައި ނިންމައިލީ މިދިޔަ މަހުު އެވެ.