Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހަށިވިއްކި ބަޔަކު އައްޑޫން ހައްޔަރުކޮށްފި

ހަށިވިއްކާކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މީދޫގައި "ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ" ގެ ނަމުގައި ހިންގަމުން އަންނަ ތަނެއްގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ގައި ހައްޔަރުކޮށްފައި ވަނީ މަރަދޫ، އާބާދީމަންޒިލް، ނަވާލް ޙުސައިން،، 25، އާއި ތައިލޭންޑަށް ނިސްބަތްވާ ޔޮންލައްޑާ ސުކްސުވަންގް، 36، ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.