Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޔޫއްޕެ އުމްރާ އަށް ފުރައިފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، ޔޫސުފް ޝަފީއު (ޔޫއްޕެ) މިއަދު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.

އޭނަ އުމްރާ އަށް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓްގައި އުމްރާ އަށް މީހުން ގެންދަން ހައްޖު ކޯޕަރޭޝަނުން މިއަދު ފެށި ފުރަތަމަ ދަތުރުގަ އެވެ.

މިހާތަނަށް މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ ޔޫއްޕެ އުމްރާގެ އަޅުކަމަށް ފުރި އިރު، އޮލިމްޕަހުގައި މިދިޔަ މަހުގެ 17 އިން ފެށިގެން ދައްކަމުން އަންނަނީ އޭނަހެ ފިލްމެކެވެ. އެއީ ފާތުމަތު ނަހުލާގެ "'ސޮރީ" އެވެ. މިއީ މި އަހަރު ރިލީޒްވި ޔޫއްޕެގެ ދެވަނަ ފިލްމެވެ.

އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި އެޅުވި ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އެވެ.

ޔޫއްޕެ، 49، އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ސްކްރީންރައިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ.