މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ބުނީ އެ އެއާލައިނުން މިއަދު ފުރަތަމަ ފަހަރަށް ޖެއްދާއަށް އުމްރާ ދަތުރުތައް ފަށާފައިވާ ކަމަށާއި އެ ދަތުރު ފަށާފައިވަނީ ހައްޖު ކޯޕަރޭޝަން އާއި ދަ ޓްރެވަލާގެ ބައިވެރިވުމާއިއެކުގައި ކަމަށެވެ.
އެގޮތުން މި މަހު އެ އެއާލައިނުން 750 މީހުން އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ދެން ޖެއްދާއަށް ކުރާ ދަތުރު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަންއިން އުމްރާ ދަތުރުކުރަނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގަ އެވެ.