"ލާމަސީލު ލާމު" ގެ ނަމުގައި ސާޖިކަލް ކޭމްޕެއް ލ. ގައި ބާއްވަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 14-16 އަށެވެ.
އެކި ދާއިރާތަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމަކާ އެކު ފަށާ މި މެޑިކަލް ކޭމްޕުގައި ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެގައި ހޭނެއްތުމާއި އައްސިކުރުމާ ބެހޭ ކަންތައްތަކާއި، ނުފިލާ ގިނަ ދުވަސްވީ ތަދުތަކާއި، އައްސިކުރުމަށް އިންޖެކްޝަން ޖެހިތަނުގެ ހުރި މައްސަލަތަކަށް ޑރ. އަސަދު އޯޕީޑިގައި ފަރުވާ ދޭނެ އެވެ.
އަދި ބަނޑުގެ އޮޕަރޭޝަންތަކާއި ގުޅޭ މައްސަލަތަކާއި، ފަލަ މީހުން ހިކުމަށް ކުރާ ބެކްޓީރިއަލް އޮޕަރޭޝަންތަކާއި، ފިތާއި ފުރަމޭ އަދި ބަނޑުގެ މައްސަލަތަކާއި އެންޑޯސްކޮޕީ އަދި ކޮލޮނޮސްކޮޕީ ހެދުމާ ގުޅޭ މައްސަލަތަކާއި، ގޭހާއި ހިމަ ގޮހޮރު މައްސަލަތަށް ޑރ. އަޒްނާނު ބައްލައްވާނެ އެވެ.
މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޑރ. މިސްބާހު އަދި ނާރުގެ ބަލިތަކަށް ޑރ. ނިޔާފު، ކެންސަރު ބަލީގެ އޮޕަރޭޝަންގެ ޙާއްސަ ޑރ. ޝިފާނުގެ އިތުރުން އާއްމު އޮޕަރޭޝަންތަކާއި ގުޅޭ ކަންކަމަށް ޑރ. އުބައިދާއި، ޑރ. ވަހީދު ފަރުވާ ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.