މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ސްކީމުން ލޯން ހަމަޖެހުނު މީހުންގެ ނަންތައް އިއުލާންކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން 806 ދަރިވަރުން ޝަރުތު ހަމަވި ކަމަށެވެ. ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެއްވެސް ޝަކުވާއެއް އޮތް ނަމަ އަންނަ މަހުގެ ތިން ވަނަަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.