Last Updated: June 6, 11:50
Saturday, June 6, 2026
ރިޕޯޓް

ރިވެތި ދިރިއުޅުމަކީ ކޮބާ؟

”ޒުވާބު ހޫނުގަދަވި އެވެ. އަޑުތައް ވެސް އުފުލުނެވެ. ވިދިގެންއައީ ރުއިމުގެ އަޑެވެ. ކަންތައްތަކެއް ހިނގީ އެވެ. ދެން، ހަމަހިމޭންވުމަށްފަހު އޮތީ އެކަމާއިމެދު ހިތާމަކުރުމެވެ.” [1]

މިއީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުމުގައި އާމަންޒަރެއްނޫނެވެ. އަދި މިމަންޒަރު ފެންނަ ކޮންމެ މީހަކުވެސް އަވަސް ހައްލަކަށް އެދިއެދި ހުންނަ ކަމެކެވެ. މިކަމަށް އެހީތެރިވެވޭނެ ގޮތެއް ނުވަތަ މަގެއް ވޭހެއްޔެވެ؟

އާދޭހެވެ. އެންމެ ފުރަތަމަވެސް ﷲތަޢާލާގެ މިވަޙީ ބަސްފުޅަށް ހިތުގެ އަޑިން އީމާންވާށެވެ.

﴿ وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئاً وَيَجْعَلَ اللَّهُ فِيهِ خَيْراً كَثِيراً ﴾ (النساء ١٩)

މާނައީ: ”އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ ދަންނާށެވެ. ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެއެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެއެ ވެ.”

ދެން މިވަޙީ ބަސްފުޅަށް ޢަމަލުކުރާށެވެ.

ފިރީން އެބައިމީހުންގެ ޒިންމާތައް އަދާކުރަންޖެހޭފަދައިން އަނބީންވެސް އެބައިމީހުންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހެ އެވެ.

މުސްލިމް އުޚްތުންނޭވެ! ކޮންމެ އަންހެނަކާއި ކޮންމެ ފިރިހެނެއްގެ ވެސް ކޮންމެވެސް އުނި ސިފަތަކެއް ހުންނާނެއެވެ. ބުއްދިވެރި އަންހެނަކު އެހެން މީހުންނާމެދު ކަންތައްކުރާނީ މިޙަޤީޤަތް ވިސްނުމުގައި ބަހައްޓައިގެންނެވެ. އެއީ އޭނާގެ ފިރިމީހާވެސް ޝާމިލްވާ ގޮތަށެވެ. އޭނާ ކައިވެނިކޮށްގެން އެއުޅެނީ ހުރިހާ ކަމެއް އެންމެ ފުރިހަމަ މީހަކާ ނޫންކަން އޭނާއަށް އެނގޭނެއެވެ. އެހެނީ، ﷲ ތަޢާލާގެ ނަބިއްޔުން عليهم السلام ފިޔަވާ، އުނި ސިފަތަކުން ސަލާމަތްވެގެންވާ ހުރިހާކަމެއް އެންމެ ފުރިހަމަ އިންސާނުންނެއް ނުވެއެވެ. އެހެންކަމުން އޭނާގެ ފިރިމީހާއަށް އުނދަގޫވާ ކަންތައްތަކާއި ރުޅިއަންނަ ކަންތައްތައް އޭނާގެ ބުއްދިން ދެނެގަންނަން ޖެހެއެވެ. އަދި ހިތްހަމަޖެހޭ ކަންތައްތައް ހޯދާ އެދިމާއަށް މިސްރާބު ޖަހާށެވެ.

މުސްލިމް އަންބަކު އޭނާގެ ގޭގައި ފިރިމީހާ އާއި ދަރިންނަށްޓަކައި ކޮށްދޭ ކޮންމެ ކަމަކުން ﷲ ތަޢާލާގެ ރުއްސެވުން ލިބުމަށް އެދެ އެވެ. އޭނާގެ ފިރިމީހާ ހިތްހަމަޖެހޭ ފަދަ ދިމާއަކަށް ދިއުމުގައި އެހީތެރިކަމަށް އެދެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަދި މިކަމުގައި އިޚްލާސްތެރި، ހެޔޮ ރިވެތި ބަސްތަކާއި ޢަމަލުތައް ބޭނުންކުރެއެވެ.

ލޮބުވެތި އުޚްތުންނޭވެ. ކޮންމެ މީހަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކަކާއި ވަރުބަލިކަމުގެ ވަގުތުތަކެއް ވާކަން ދަންނަންވާނެއެވެ. އަދި ތިބާ ހިތްހަމަޖެހޭ ކަންކަމާއި ހިތްހަމަނުޖެހޭ ކަންކަމާބެހޭގޮތުން މަޝްވަރާކުރަން އެންމެ އެކަށީގެންވާ ވަގުތުތައް އިޚްތިޔާރު ކުރަންޖެހޭނެއެވެ. މީގެ އިތުރުން ތިބާގެ ފިރިމީހާއަކީ އެންމެ ރަނގަޅު މީހާކަމުގައިވިޔަސް، އޭނާއަށް ތިބާގެ ހިތްހަމަނުޖެހުންތައް ނޭނގިދާނެއެވެ. ޙާއްޞަކޮށް އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅޭ ނަމަ އެވެ.

އެހެންކަމުން، ހިނިތުންވުމާއެކު ހެޔޮ ރަނގަޅު ބަސްތަކެއް ތިބާގެ ފުށުން އޭނާއަށް އަޑު އިއްވާލަދޭށެވެ. އަދި ޖަވާބެއް ހޯދުމަށް އަވަސް އަރުވާނުލާށެވެ. މިއީ ވަރުބަލިކަމުގެ އަލާމާތެކޭ ނުބުނާށެވެ. އެފަދަ އުނިސިފަތަކެއް ތިބާގެ ކިބައިގައިހުރެ، ތިބާގެ ފިރިމީހާ އަޑުހަރުކޮށް ހަރުކަށި ބަސްތަކުން ތިބާއަށް ނަޞޭހަތް ދީފިނަމަ ތިބާ އެކަމާއި އެއްގޮތަކަށްވެސް ނުރުހޭނެއެވެ. އެހެންނަމަވެސް، ރީތި ބަސްތަކުން މުޙާތަބުކޮށް ތިބާގެ އުނިސިފަތައް ހަނދާން ކޮށް ދިނުމުން ތިބާ އެކަމާ ރުހޭނެއެވެ. އެހެންކަމުން، ތިބާއާ ދޭތެރޭގައި އެހެން މީހުން ކަންތައްކުރުމަށް ތިބާ އެންމެ އެދޭ ގޮތް އިޚްތިޔާރު ކުރާށެވެ. އަދި އެގޮތަކަށް ތިބާގެ ފިރިމީހާއާ މެދު ކަންތައްކުރާށެވެ.” [2]

ޞާލިޙު ޢާއިލާތަކުގެ މެދުގައިވެސް މައްސަލަޖެހުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާގޮތުގައި މީސްތަކުން ވަރަށް ތަފާތެވެ.

ސަލަފުންގެ ވާހަކަތަކުގެ ތެރެއިން:

މީހަކު އޭނާގެ އަނބިމީހާގެ ޝަކުވާއާއިގެން ޢުމަރު رضي الله عنه ގެ އަރިހަށް އައިކަމަށްވެއެވެ. އެހިނދު އޭނާއަށް އިވެނީ އެކަލޭގެފާނުގެ އަނބިކަނބަލުން ހަރުކަށިބަސްތަކުން އެކަލޭގެފާނާއި މުޙާތަބުކުރާ އަޑެވެ. (އެކަލޭގެފާނަށް އެކަމަނާ ހުއްޓުވުމުގެ ފުރިހަމަ ބާރު އޮތްނަމަވެސް) ޢުމަރު رضي الله عنه އެކަމަނާއަށް ރައްދު ނުދެއްވާ ހަނުހުންނެވިއެވެ. އެހެންކަމުން އެމީހާ އަމިއްލަ ނަފްސަށް ބުންޏެވެ. “މިއީ ޢަމީރުލް މުއުމިނީންގެ ޙާލަތު ކަމުގައިވާނަމަ އަދި އަހަރެންގެ ޙާލަކީ ކޮބާ ހެއްޔެވެ؟” އަދި އެނބުރި ދާން ހިނގައިގަތެވެ.

ޢުމަރު رضي الله عنه ބޭރަށް ނުކުމެ ވަޑައިގެން އެމީހާ އެނބުރިދާތަން ފެނުމުން ގޮވާލެއްވިއެވެ. އަދި އެއްސެވިއެވެ. ”ތިބާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. ”އޭ ޢަމީރުލް މުއުމިނީންއެވެ! އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް އައީ އަޅުގަނޑުގެ އަނބިމީހާގެ ޝަކުވާއިގެންނެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ވެސް އެފަދައިން ކަލޭގެފާނާ މެދު ކަންތައްކުރައްވަނިކޮށް އަޑު އިވިއްޖެއެވެ. އެހެންކަމުން އެނބުރިދިޔައީއެވެ. އަދި އަމިއްލަ ނަފްސަށް ބުނީމެވެ.

”މިއީ ޢަމީރުލް މުއުމިނީންގެ ޙާލަތު ކަމުގައިވާނަމަ އަދި އަހަރެންގެ ޙާލަކީ ކޮބާ ހެއްޔެވެ؟”

ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު އެކަމަނާއާ މެދު ކެތްތެރިވަނީ އެކަމަނާއަށްވެސް ތިމަންކަލޭގެފާނުގެ މައްޗަށް ޙައްޤުތަކެއްވާތީ އެވެ.” [3]
___________________________________________

[1]، [2]، [3] ދާރުއްސަލާމް އިން ޗާޕްކޮށްފައިވާ (ހިންޑްރަންސަސް އޮން ދަ ޕާތު) އެފޮތުން ނަގާފައި

މަސްދަރު: ދިސަލަފިއްޔާ