ގެއްލިގެން ހޯދަމުން އަންނަ ހަސަން ޔާމީން ސިނަމާލެ ބްރިޖް މަތިން މޫދަށް ފުންމާލާފައިވާ ކަމަށް ސީސިޓީވީ ފުޓޭޖްތަކުން މިހާރު އެނގިފައިވާތީ އޭނަ ހޯދުުމުގެ މަސައްކަތުގައި މިހާރު މެރިން ޕޮލިހުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގ.ގާނެޓް، ޔާމީން، 30، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 14 ގަ އެވެ. އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެންނެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް ވީ ގޮތެއް ބަލަން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތަކެއް ބަލާފައިވާ އިރު، އޭނަ ބްރިޖް މަތިން ފުންމައިލާ މަންޒަރު ފުޓޭޖަކުން ފެނިފައިވާ ކަމަށެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދަމު 3:24 ގައި ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ މެރި ން ފުލުހުންނާއި އެމްްއެންޑީއެފްގެ ކޯސްޓްގާޑް ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައުލޫމާތު އާއިލާއާ ވެސް މިހާރު ހިއްސާކޮށްފައިވާ ކަމަށާއި ތަހުގީގު ޓީމުން އާއިލާއާ އެކީ ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.