Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ދެން ބާރުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ކުރިއަށް ވުރެ ބާރަށް ކުރިއަށްދާތަން ދެން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އަމަލީ ގޮތުން މިދިޔަ ދުވަސްތަކަށް ވުރެ ބާރު ސްޕީޑުގައި އަމަލީ އެތައް މަސައްކަތްތަކެއް ހިނގަމުންދާނެތަން ފެންނާނެ ކަމަށާއި އެގޮތުން މި މަހަށް ވުރެ ގިނަ މަޝްރޫއުތައް އަންނަ މަހު ފެށޭނެ ކަމަށެވެ.

"އެ މަހަށް ވުރެ ގިނަ މަސައްކަތް ސެޕްޓެމްބަރު މަހު ފެށޭނެ. ހުރިހާ ކަމެއް އަޅުގަނޑުމެން މިހުރީ ޕްލޭންކޮށްފައި. އެކަން ކުރާނެ ގޮތް ރާވާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު ސަރުކާރުން ކަންކަން ކުރަމުންދަނީ އަދި ކުރަމުންދާނީ ވެސް ވަރަށް ޔަގީންކަމާއެކު ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވި އިރު، މިދިޔަ މޭ މަހު މުލީގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ދެ މަހާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި މަޝްރޫއުތައް ސަރުކާރުގެ އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފަ އެވެ.