Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލެ އާއި ހުޅުމާލެގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ދިމާވި މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އަދި ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ.