Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

މައްސަލަ ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި އެވެ.

ސްޓެލްކޯ އިން ބުނީ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އަދި ކަރަންޓުގެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.