Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ވ. އަތޮޅުގައި ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ. އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ.

އެހެންވެ އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފައިވެ. ވަކުން ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އިރު ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.