Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕެންޝަން އޮފީހުގެ މާލީ އެހީ 4 ޖަމިއްޔާއަކަށް

ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގުރާމްގެ ދަށުން މި އަހަރު މާލީ އެހީތެރިކަން ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.

އެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ޖަމިއްޔާތަކާ އެކު އެހީގެ އެއްބަސްވުންތަކުގައި ސޮއި ވެސް ކޮށްފަ އެވެ.

ވަނީ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހުނު 4 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ސީއެސްއާރް ގްރާންޓް ލިބުނު ޖަމިއްޔާތައް:

* މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން، ގައިޑިން ޖެނެރޭޝަންސް
* ދި އީކޯ އޮގަނައިޒޭޝަން، ޕްރޮޖެކްޓް ހޭވަން
* ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް، ޑައިބެޓީޒް އެޑިއުކޭޓަރ ކޯސް 2
* މާއްޓޭ ސްޕޯޓްސް، ބިލްޑިން ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް 200،000ރ. އާ ހަމައަށް އެހީ ދޭން ހަމަޖެހިފައިވެ އެވެ، މި ޕްރޮގްރާމަކީ ޕެންޝަން އޮފީހުގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓް pension.gov.mv/en/csr އިން ލިބޭނެ އެވެ.